110. އައްނަޞްރް - ކޯރަން
- 1. اللَّه ގެ نصر އާއި، فتح އަތުވެއްޖެ ހިނދެވެ.
- 2. އަދި اللَّه ގެ دين އަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ.
- 3. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ حضرة އަށް ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން توبة قبول ކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.