logo ހާރޫން ޔަހްޔާ އެވެ

އަލް މުރްސަލާތް - ޤުރުއާން - ހާރޫން ޔަހްޔާ އެވެ

  • 1. ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،
  • 2. އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި،
  • 3. އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި،
  • 4. حق އާއި باطل ވަކިކުރާ (قرآن ގެ) آية ތަކާއި،
  • 5. އަދި ހަނދުމަކޮށްދޭ آية ތައް (رسول ންނަށް) ގެނެސްދެއްވާ ملائكة ން ގަންދެއްވަމެވެ.
  • 6. عذر ނެތިކުރެއްވުމަށާއި، إنذار ކުރެއްވުމަށެވެ.
  • 7. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ.
  • 8. ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ.
  • 9. އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.
  • 10. އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ.
  • 11. އަދި رسول ން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ.
  • 12. އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟
  • 13. ނިޔާކުރައްވާ ދުވަހަށެވެ.
  • 14. އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
  • 15. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
  • 16. ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟
  • 17. ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ.
  • 18. ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ.
  • 19. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
  • 20. ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟
  • 21. ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحم ގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ.
  • 22. އެނގިގެންވާ މުއްދަތަކަށެވެ.
  • 23. ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ!
  • 24. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.
  • 25. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.
  • 26. ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟
  • 27. އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ.
  • 28. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
  • 29. (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ!
  • 30. ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ!
  • 31. (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ.
  • 32. ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ.
  • 33. އެ ކަނިތައް، ރީނދޫކުލައިގެ جمل ތަކެއް ފަދައެވެ.
  • 34. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
  • 35. މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ.
  • 36. އަދި އެއުރެން عذر ދެއްކުމަކަށް، އެއުރެންނަކަށް إذن އެއް ނުމެދެއްވާނޭމެއެވެ.
  • 37. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
  • 38. (وحى ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.
  • 39. ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلة އެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ!
  • 40. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
  • 41. ހަމަކަށަވަރުން، تقوى ވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمة ގައެވެ.
  • 42. އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.
  • 43. (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!
  • 44. إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
  • 45. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
  • 46. (ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ.
  • 47. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
  • 48. ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ.
  • 49. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ.
  • 50. ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟
ޙިއްސާ
Facebook
X
WhatsApp
Telegram
QR Code
QR Code
1 އަލް ފާތިޙާ
2 އަލް ބަޤަރާ
3 އާލް އިމްރާން
4 އައްނިސާ
5 އަލް މާއިދާ
6 އަލް އަންޢާމް
7 އަލް ޢަޢްރާފް
8 އަލް އަންފާލް
9 އައްތައުބާ
10 ޔޫނުސް
11 ހޫދު
12 ޔޫސުފް
13 އައް ރަޢްދް
14 އިބްރާހީމް
15 އަލް ޙިޖްރު
16 އަންނަޙްލް
17 އަލް އިސްރާ
18 އަލް ކަހްފް
19 މަރިޔަމް
20 ތާހާ
21 އަލް އަންބިޔާ
22 އަލް ޙައްޖު
23 އަލް މޫމިނޫން
24 އަންނޫރު
25 އަލް ފުރުޤާން
26 އައްޝުޢަރާ
27 އަންނަމްލް
28 އަލް ޤަޞަޞް
29 އަލް ޢަންކަބޫތު
30 އައްރޫމް
31 ލުޤްމާން
32 އައްސަޖްދަ
33 އަލް އަޙްޒާބް
34 ސަބާ
35 ފާތިރް
36 ޔާސީން
37 އަލް ޞޯއްފަ
38 ޞޯދް
39 އައްޒުމަރް
40 އަލް ޣާފިރް
41 ފުއްޞިލަތް
42 އައްޝޫރާ
43 އައްޒުޚްރޫފް
44 އައްދުކާން
45 އަލް ޖާޡިޔަ
46 އަލް އަޙްޤާފް
47 މުޙަންމަދު
48 އަލް ފަތްޙް
49 އަލް ޙުޖުރާތް
50 ޤާފް
51 އައްދާރިޔަ
52 އައްތޫރް
53 އައްނަޖްމް
54 އަލް ޤަމަރް
55 އައްރަޙްމާން
56 އަލް ވާގިޢަ
57 އަލް ޙަދީދް
58 އަލް މުޖާދިލަ
59 އަލް ޙަޝްރް
60 އަލް މުމްތަޙާނަ
61 އަލް ޞަފް
62 އަލް ޖުމްޢަ
63 އަލް މުނާފިޤޫން
64 އައްތަޣާބުން
65 އައްތަލަޤް
66 އައްތަޙްރީމް
67 އަލް މުލްކު
68 އަލް ޤަލަމް
69 އަލް ޙާއްޤަ
70 އަލް މަޢާރިޖް
71 ނޫޙް
72 އަލް ޖިންނި
73 އަލް މުޒަންމިލް
74 އަލް މުއްދަޡިރް
75 އަލް ޤިޔާމަ
76 އަލް އިންސާން
77 އަލް މުރްސަލާތް
78 އަންނަބާ
79 އަންނާޒިޢާ
80 ޢަބަސަ
81 އައްތަކްވީރް
82 އަލް އިންފިތާރް
83 އަލް މުތައްފިފީން
84 އަލް އަންޝިޤާޤް
85 އަލް ބުރޫޖް
86 އައްތޯރިޤް
87 އަލް ޢަޢްލާ
88 އަލް ޣާޝިޔަ
89 އަލް ފަޖްރް
90 އަލް ބަލަދް
91 އައްޝަމްސް
92 އައްލައިލް
93 އައްޟުޙާ
94 އަލް އިންޝިރާޙް
95 އައްތީން
96 އަލްޢަލަޤް
97 އަލްޤަދްރް
98 އަލްބައްޔިނަ
99 އައްޒަލްޒަލަ
100 އަލްޢާދިޔަ
101 އަލްޤާރިޢަ
102 އައްތަކާޡުރް
103 އަލްޢަޞްރް
104 އަލް ހުމަޒަ
105 އަލް ފީލް
106 ޤުރައިޝް
107 އަލް މާޢޫން
108 އަލް ކައުޡަރް
109 އަލް ކާފިރޫން
110 އައްނަޞްރް
111 އަލް މަސަދް
112 އަލް އިޚްލާޞް
113 އަލް ފަލަޤް
114 އައްނާސް