އަލް މަޢާރިޖް - ޤުރުއާން - ހާރޫން ޔަހްޔާ އެވެ
-
1. ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!
-
2. ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!
-
3. އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذاب އަކަށްއެދި ގޮވިއެވެ. (އެއީ) كافر ންނަށްޖެހޭނޭ عذاب އެކެވެ. އުޑުތަކުގެ ވެރި اللَّه ގެ حضرة ން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.
-
4. ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكة ންނާއި، جبريل ގެފާނު، އެކަލާނގެ حضرة އަށް އަރާވަޑައިގަންނަވާނެތެވެ.
-
5. ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ!
-
6. ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ.
-
7. އަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ.
-
8. ތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ.
-
9. އަދި، ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ.
-
10. އަދި، އެދުވަހުން ގާތް رحمة ތެރިޔަކު، رحمة ތެރިޔަކާމެދު سؤال އެއް ނުކުރާނެތެވެ.
-
11. އެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ عذاب ން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، فدية އެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ.
-
12. އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ أخ ވެސްމެއެވެ.
-
13. އަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ.
-
14. އަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ فدية އޭނާ ސަލާމަތް ކުރޭތޯއެވެ.
-
15. ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ.
-
16. (އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ حال ގައެވެ.
-
17. ފުރަގަސްދީ އެނބުރިދާ މީހާޔަށް އެ ނަރަކަ ގޮވާނެތެވެ.
-
18. އަދި މުދާ އެއްކޮށް، خزانة ކުރާ މީހާޔަށްވެސްމެއެވެ.
-
19. ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.
-
20. އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.
-
21. އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ.
-
22. ނަމާދުކުރާ މީހުން މެނުވީއެވެ.
-
23. އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ.
-
24. އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ.
-
25. އަދި، އެއުރެންނީ، سؤال ކޮށް، އެދޭމީހުންނަށާއި، ނިކަމެތި محروم ންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حق އެއްވާ މީހުންނެވެ.
-
26. އަދި، އެއުރެންނީ، قيامة ދުވަހަށް إيمان ވެ، ތެދުކުރާ މީހުންނެވެ.
-
27. އަދި، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ عذاب އަށް ބިރުވެތިވާ މީހުންނެވެ.
-
28. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ عذاب އަކީ (އެކަލާނގެ أمان ކަންދެއްވިއްޔާމެނުވީ އެއިން) أمان ކަން ލިބިގެންނުވާ عذاب އެކެވެ.
-
29. އަދި، އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާ މީހުންނެވެ.
-
30. އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.
-
31. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ.
-
32. އަދި، އެއުރެންނީ، އެއުރެންގެ أمانة ތަކަށާއި، އެއުރެންގެ عهد ތަކަށް ރައްކާތެރިވާ މީހުންނެވެ.
-
33. އެއުރެންނީ، އެއުރެންގެ ހެކިބަސް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ.
-
34. އަދި، އެއުރެންނީ، އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.
-
35. އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ.
-
36. އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ.
-
37. ފަހެ، كافر ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟
-
38. نعمة ގެ ސުވަރުގެޔަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީ ހެއްޔެވެ؟
-
39. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ.
-
40. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ.
-
41. ފަހެ، مشرق ތަކާއި، مغرب ތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.
-
42. ފަހެ، އެއުރެންނަށް وعد ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطل ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!
-
43. (އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ.
-
44. (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ حال، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް وعد ކުރައްވާކަމުގައިވީ ދުވަހެވެ.
ޙިއްސާ
1
އަލް ފާތިޙާ
2
އަލް ބަޤަރާ
3
އާލް އިމްރާން
4
އައްނިސާ
5
އަލް މާއިދާ
6
އަލް އަންޢާމް
7
އަލް ޢަޢްރާފް
8
އަލް އަންފާލް
9
އައްތައުބާ
10
ޔޫނުސް
11
ހޫދު
12
ޔޫސުފް
13
އައް ރަޢްދް
14
އިބްރާހީމް
15
އަލް ޙިޖްރު
16
އަންނަޙްލް
17
އަލް އިސްރާ
18
އަލް ކަހްފް
19
މަރިޔަމް
20
ތާހާ
21
އަލް އަންބިޔާ
22
އަލް ޙައްޖު
23
އަލް މޫމިނޫން
24
އަންނޫރު
25
އަލް ފުރުޤާން
26
އައްޝުޢަރާ
27
އަންނަމްލް
28
އަލް ޤަޞަޞް
29
އަލް ޢަންކަބޫތު
30
އައްރޫމް
31
ލުޤްމާން
32
އައްސަޖްދަ
33
އަލް އަޙްޒާބް
34
ސަބާ
35
ފާތިރް
36
ޔާސީން
37
އަލް ޞޯއްފަ
38
ޞޯދް
39
އައްޒުމަރް
40
އަލް ޣާފިރް
41
ފުއްޞިލަތް
42
އައްޝޫރާ
43
އައްޒުޚްރޫފް
44
އައްދުކާން
45
އަލް ޖާޡިޔަ
46
އަލް އަޙްޤާފް
47
މުޙަންމަދު
48
އަލް ފަތްޙް
49
އަލް ޙުޖުރާތް
50
ޤާފް
51
އައްދާރިޔަ
52
އައްތޫރް
53
އައްނަޖްމް
54
އަލް ޤަމަރް
55
އައްރަޙްމާން
56
އަލް ވާގިޢަ
57
އަލް ޙަދީދް
58
އަލް މުޖާދިލަ
59
އަލް ޙަޝްރް
60
އަލް މުމްތަޙާނަ
61
އަލް ޞަފް
62
އަލް ޖުމްޢަ
63
އަލް މުނާފިޤޫން
64
އައްތަޣާބުން
65
އައްތަލަޤް
66
އައްތަޙްރީމް
67
އަލް މުލްކު
68
އަލް ޤަލަމް
69
އަލް ޙާއްޤަ
70
އަލް މަޢާރިޖް
71
ނޫޙް
72
އަލް ޖިންނި
73
އަލް މުޒަންމިލް
74
އަލް މުއްދަޡިރް
75
އަލް ޤިޔާމަ
76
އަލް އިންސާން
77
އަލް މުރްސަލާތް
78
އަންނަބާ
79
އަންނާޒިޢާ
80
ޢަބަސަ
81
އައްތަކްވީރް
82
އަލް އިންފިތާރް
83
އަލް މުތައްފިފީން
84
އަލް އަންޝިޤާޤް
85
އަލް ބުރޫޖް
86
އައްތޯރިޤް
87
އަލް ޢަޢްލާ
88
އަލް ޣާޝިޔަ
89
އަލް ފަޖްރް
90
އަލް ބަލަދް
91
އައްޝަމްސް
92
އައްލައިލް
93
އައްޟުޙާ
94
އަލް އިންޝިރާޙް
95
އައްތީން
96
އަލްޢަލަޤް
97
އަލްޤަދްރް
98
އަލްބައްޔިނަ
99
އައްޒަލްޒަލަ
100
އަލްޢާދިޔަ
101
އަލްޤާރިޢަ
102
އައްތަކާޡުރް
103
އަލްޢަޞްރް
104
އަލް ހުމަޒަ
105
އަލް ފީލް
106
ޤުރައިޝް
107
އަލް މާޢޫން
108
އަލް ކައުޡަރް
109
އަލް ކާފިރޫން
110
އައްނަޞްރް
111
އަލް މަސަދް
112
އަލް އިޚްލާޞް
113
އަލް ފަލަޤް
114
އައްނާސް