އަލް އަޙްޒާބް - ޤުރުއާން - ހާރޫން ޔަހްޔާ އެވެ
-
1. އޭ ނަބިއްޔާއެވެ! ކަލޭގެފާނު اللَّه އަށް تقوى ވެރިވެވަޑައިގަންނަވާށެވެ! އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
-
2. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންކަލޭގެފާނަށް އިއްވަވާ وحى އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
-
3. އަދި ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! وكيل އަކު ކަމުގައި اللَّه ފުދިވޮޑިގެންވެއެވެ.
-
4. އެއްވެސް މީހަކަށް، އެމީހެއްގެ އެތެރެހަށީގައި، اللَّه ދެ ހިތެއް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ އަނބިންގެ ތެރެއިން، ތިޔަބައިމީހުން ظهار ކުރާ (އެބަހީ: މަޔަކާ ހަމަކުރާ) އަނބިންނަކީ، ތިޔަބައިމީހުންގެ މައިން ކަމުގައިވެސް ނުލައްވަތެވެ. އަދި ތިޔަބައިމީހުންގެ ދަރިން ކަމުގައި ހަދައިގެންއުޅޭ ދަރިންނަކީ، ތިޔަބައިމީހުންގެ ދަރިން ކަމުގައިވެސް ނުލައްވަތެވެ. އެއީ ތިޔަބައިމީހުންގެ އަނގަތަކުން ބުނާ ބުނުމެކެވެ. އަދި اللَّه حق ބަސްފުޅު وحى ކުރައްވަތެވެ. އަދި އެކަލާނގެ ތެދުމަގަށް މަގު ދައްކަވަތެވެ.
-
5. އެ ދަރިން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތް اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ دين ގެ ފަރާތުން ތިޔަބައިމީހުންގެ أخ ންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
-
6. مؤمن ންނަށް އެއުރެންގެ އަމިއްލަ نفس ތަކަށްވުރެން، ނަބިއްޔާ أولى ކަން ބޮޑެވެ. އަދި އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ، އެއުރެންގެ މައިންނެވެ. مؤمن ންނާއި، مهاجر ންގެ ތެރެއިންވާ މީހުންނަށްވުރެން اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ގޮތުގައި، ގާތްތިމާގެ މީހުން އޭގެއެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ތިޔަބައިމީހުންގެ އެކުވެރިންނަށް ހެޔޮކަމެއް ކުރުމުގެގޮތުން ބާއްވާ ގުޅުމެއް މެނުވީއެވެ. ފޮތުގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައް ވިއެވެ.
-
7. ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި نوح ގެފާނާއި، إبراهيم ގެފާނާއި، موسى ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ عهد، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ.
-
8. (އެއީ) ތެދުވެރިންގެ ކިބައިން، އެބޭކަލުންގެ ތެދުވެރިކަމާމެދު سؤال ކުރެއްވުމަށްޓަކައެވެ. އަދި كافر ންނަށްޓަކައި ވޭންދެނިވި عذاب އެކަލާނގެ ތައްޔާރު ކުރައްވާފައިވެއެވެ.
-
9. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! لشكر ތަކެއް ތިޔަބައިމީހުންނާ ހަމަޔަށް އައިހިނދު، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދާންކުރާށެވެ! ފަހެ، އެހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
-
10. ތިޔަބައިމީހުންގެ މަތިންނާއި، ތިރިން (އެބަހީ: نجد ކަރަވީ ފަރާތާއި مكة ވީފަރާތުން) އެއުރެން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިހިނދެވެ. އަދި ތިޔަބައިމީހުން اللَّه އާމެދު ހީތައް ކުޅަހިނދެވެ.
-
11. އެވަގުތު مؤمن ން امتحان ކުރެއްވިއެވެ. އަދި ގަދަވެގެންވާ ގުޑުމަކުން އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. (އެބަހީ: އެއުރެންގެ ސާބިތުކަން ގެއްލި، އެގޮތް މިގޮތް ވެގެންދިޔައެވެ.)
-
12. އަދި منافق ންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނާހިނދެވެ. اللَّه އާއި، އެކަލާނގެ رسول އާ، ތިމަންމެންނަށް ކެހިވެރި وعد އަކުން މެނުވީ وعد އެއް ނުކުރައްވަތެވެ.
-
13. އަދި އެއުރެންގެ ތެރެއިން ބަޔަކު ބުނިހިނދު، ހަނދުމަކުރާށެވެ! އޭ يثرب ގެ (އެބަހީ: المدينة ގެ) أهل ވެރިންނޭވެ! ތިޔަބައިމީހުންނަކަށް ތިބުމުގެ ތަނެއް ނެތެވެ. ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އަދި އޭގެތެރެއިން ބަޔަކު ނަބިއްޔާގެ އަރިހުން إذن އަށް އެދެތެވެ. އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ގެތަކަކީ ނިވަލެއްނެތް ތަނެކެވެ. އެއީ ނިވަލެއްނެތް ތަނެއްނޫނެވެ. ފިލައިގެންދިޔުން މެނުވީ އެއުރެން ނޭދެތެވެ.
-
14. އެއުރެންގެ ކައިރިޔަށް އެރަށުގެ ހުރިހާ ފަރާތަކުން عدوّ ން އަރައި، ދެން އެއުރެންގެ ކިބައިން ފިތުނަވެރިކަމަށް އެދުނުނަމަ، އެކަން އެއުރެން ގެނެސްގަތީހެވެ. އަދި އެއުރެން އެރަށުގައި ކުޑަހިނދުކޮޅަކަށް މެނުވީ ލަސްވެ ނުތިބީހެވެ.
-
15. އަދި ހަމަކަށަވަރުން، އެއުރެން ފުރަގަސްދީ ނުދާނެކަމަށް މީގެކުރިން اللَّه ގެ حضرة އަށް عهد ކޮށްފައިވިއެވެ. އަދި اللَّه އަށް ކުރާ عهد އަކީ (އެއާމެދު) سؤال ކުރައްވާނެ ކަމެއްކަމުގައި ވެއެވެ.
-
16. ކަލޭގެފާނު ވިދާޅުވާށެވެ! ފިލައިދިއުމަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. ތިޔަބައިމީހުން މަރުން ނުވަތަ قتل ވުމުން ފިލިޔަސް، ކުޑަހިނދުކޮޅަކަށް މެނުވީ ދުނިޔޭގައި އަރާމެއް ނުކުރެވޭނެތެވެ.
-
17. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ނުބައިގޮތެއް މެދުވެރިކުރެއްވުމަށް اللَّه އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް رحمة އެއް ލެއްވުމަށް އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަލާނގެ حضرة ން ތިޔަބައިމީހުން ރައްކާތެރިކޮށް މަނާކުރާނެ މީހަކީ ކާކުހެއްޔެވެ؟ އަދި اللَّه ފިޔަވައި އެއުރެންނަށް ވާގިދޭނެ މީހަކު ނުވަތަ نصر ދޭނެމީހަކުވެސް އެއުރެންނަކަށް ނުފެންނާނެތެވެ.
-
18. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ހުރަސްއަޅާ މީހުންނާއި، އަދި އެއުރެންގެ أخ ންގެ ގާތުގައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ މީހުން اللَّه ދެނެވޮޑިގެންވެތެވެ. އަދި އެއުރެން ވަރަށް މަދުން މެނުވީ ހަނގުރާމަޔަކަށް ނާންނާނެތެވެ.
-
19. (އެއީ) ތިޔަބައިމީހުންގެ މައްޗަށް (ހޭދައެއް ކުރުމަށް، ނުވަތަ އެހީއެއް ވުމަށް) بخيل ވުމަށްޓަކައެވެ. ފަހެ، އެއުރެންނަށް ބިރުވެރިކަމެއް އަންނަހިނދު، މަރުގެ ސަކަރާތުގައި ހޭނެތިފައިވާ މީހަކު ފަދައިން، އެއުރެންގެ ލޯތައް އެނބުރި އެނބުރި ހުންނަ حال ގައި، ކަލޭގެފާނާ ދިމާޔަށް އެއުރެން ބަލާތީ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި ބިރުވެރިކަން ފިލައިދިއުމުން (ޖެއްސުމާއި މަލާމާތުގެ) ތޫނު ދޫތަކަކުން ތިޔަބައިމީހުންނަށް އެއްޗެހި ގޮވާނެތެވެ. (غنيمة މުދަލާއި، އެހެނިހެން) މުދަލަށް ދަހިވެތިވާ حال ގައެވެ. އެއުރެން إيمان އެއް ނުވެތެވެ. ފަހެ، اللَّه އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ. އަދި އެކަމަކީ، اللَّه އަށް ދާދިފަސޭހަކަމެއް ކަމުގައިވެއެވެ.
-
20. (كافر ންގެ) جماعة ތައް އެނބުރި (مكة އަށް) ނުދާކަމަށް އެއުރެން (އެބަހީ: منافق ން) ހީކުރެތެވެ. އަދި އެ جماعة ގެ މީހުން އަތުވެއްޖެނަމަ، أعرابى ންގެ ތެރޭގައި ސަހަރާގައި އެއުރެންވީނަމަ، ކިހާރަނގަޅުވީސްހޭ ބުނެ، އެއުރެން އުންމީދުކުރެއެވެ. އެއުރެން ތިޔަބައިމީހުންގެ خبر ތައް އަހައި އޮޅުންފިލުވަތެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައި އެއުރެންވީނަމަ، ވަރަށްމަދުން މެނުވީ، އެއުރެން ހަނގުރާމައެއް ނުކުރީހެވެ.
-
21. ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.
-
22. އަދި (كافر ންގެ) جماعة ތައް مؤمن ންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسول އާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسول އާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمان ކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ.
-
23. اللَّه އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيد ވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (شهيد ވުމަށް) انتظار ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهد އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ.
-
24. (އެއީ) ތެދުވެރިވީ މީހުންނަށް، އެއުރެން ތެދުވެރިވީކަމަށްޓަކައި، اللَّه ހެޔޮ ޖަޒާދެއްވުމަށާއި، އެކަލާނގެ އިރާދަކުރައްވައިފިނަމަ، منافق ންނަށް عذاب ދެއްވުމަށް، ނުވަތަ އެއުރެންގެ މައްޗަށް توبة ލެއްވުމަށެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
-
25. كافر ވި މީހުން އެއުރެންގެ ރުޅިވެރިކަމާއެކު اللَّه (އެއުރެން) ރައްދުކުރެއްވިއެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި اللَّه مؤمن ންނަށް ހަނގުރާމަކުރުން ފުއްދަވައި ދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަހަނގުރާމައެއް ނުކޮށް އެކަން ނިމިއްޖެއެވެ.) އަދި اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
-
26. އަދި އެކަލާނގެ، ފޮތުގެ أهل ވެރިންކުރެ އެއުރެންނަށް ވާގިދިން މީހުން، އެއުރެންގެ ކިއްލާތަކުން ބޭލުއްވިއެވެ. އަދި އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ތިޔަބައިމީހުން (އޭގެ) އެއްބަޔަކު قتل ކުރަމުން ގެންދިޔައީމުއެވެ. އަދި އަނެއްބަޔަކު ހައްޔަރުކުރަމުން ގެންދިޔައީމުއެވެ.
-
27. އަދި އެއުރެންގެ ބިމާއި، އެއުރެންގެ ގެދޮރާއި، އެއުރެންގެ މުދަލާއި، ތިޔަބައިމީހުން އެ ބިމުގައި ފައިތިލަވެސް ޖައްސައިނުލާ ބިމެއް ތިޔަބައިމީހުންނަށް އެކަލާނގެ ލިބިދެއްވިއެވެ. އަދި اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި ވެއެވެ.
-
28. އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ حياة އާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަކަނބަލުންނަށް متعة ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރިކުރެއްވުމަކުން ތިޔަކަނބަލުން ވަރިކުރައްވާ ހުށީމެވެ.
-
29. އަދި ތިޔަކަނބަލުން، اللَّه އާއި، އެކަލާނގެ رسول އާއާއި، آخرة ގެ ގޮވަތި އެދޭކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، اللَّه، ތިޔަކަނބަލުންކުރެ إحسان ތެރިންނަށް ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރައްވާފައިވެއެވެ.
-
30. އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުންކުރެ ފާޅުވެގެންހުރި ހުތުރުކަން ބޮޑު ފާފަޔެއްކުރި މީހަކަށް ދެގުނަޔަށް عذاب އިތުރުކުރައްވާ ހުށްޓެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެއް ކަމުގައިވެއެވެ.
-
31. އަދި ތިޔަކަނބަލުންގެ ތެރެއިން اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންތެރިވެ صالح عمل ކުރާ މީހަކަށް، އެމީހާގެ ދަރުމަ، ތިމަންރަސްކަލާނގެ ދެގުނަޔަށް ދެއްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހަކަށްޓަކައި (ސުވަރުގޭގައި) ދީލަތި ދެއްވުމެއް ތައްޔާރު ކުރެއްވީމެވެ.
-
32. އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކު ކަމުގައި ނުވަމުއެވެ. ތިޔަކަނބަލުން (اللَّه އަށް) تقوى ވެރިވެއްޖެނަމައެވެ. ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެތެރޭގައި (نفاق ގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!
-
33. އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.
-
34. އަދި ތިޔަކަނބަލުންގެ ގެތަކުގައި اللَّه ގެ آية ތަކާއި، حكمة ގެ ތެރެއިން ކިޔެވޭ ތަކެތި ތިޔަކަނބަލުން ހަނދުމަކުރާށެވެ! ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ.
-
35. ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.
-
36. އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.
-
37. اللَّه، އެމީހަކަށް (إسلامى هداية ގެ) نعمة ދެއްވައި، އަދި އެމީހެއްގެ މައްޗަށް ކަލޭގެފާނު ހެޔޮކަން ދެއްވާފައިވާ މީހާއަށް، ކަލޭގެފާނު ވިދާޅުވާހިނދު ހަނދުމަ ކުރައްވާށެވެ! ތިބާގެ އަނބިމީހާ ދޫކޮށްނުލައި، ތިބާގެ ގާތުގައި ބައިންދާށެވެ! އަދި اللَّه އަށް تقوى ވެރިވާށެވެ! އަދި اللَّه ފާޅުކުރައްވާނޭ ކަންތައް ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅު ގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން حق ކަންބޮޑީ اللَّه ދެކެއެވެ. ފަހެ، زيد، އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް عدّة ހަމަވުމުން) ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ. އެއީ مؤمن ންނަށް، އެއުރެން ދަރިންކަމަށް ހަދައިގެންއުޅޭ މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައި (ވަރިކޮށް) ފިހިނދު، އެއުރެންނާ ކާވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ. އަދި اللَّه ގެ އަމުރުފުޅަކީ، ހިނގަނިވި ކަމެއްކަމުގައި ވެއެވެ.
-
38. اللَّه، ނަބިއްޔާއަށް ހުއްދަކޮށްދެއްވި ގޮތާމެދު، އެއްވެސް ކުށެއް ފާފަޔެއް އެ ނަބިއްޔާއަކަށް ނުވެއެވެ. (އެއީ) އިސްވެދިޔަ ނަބިއްޔުންގެ ތެރޭގައިވެސް اللَّه، ކަން ހިންގެވިގޮތެވެ. އަދި اللَّه ގެ امر ފުޅު އެއީ، ކަނޑައެޅި ނިޔާކުރައްވާފައިވާ ނިޔާއެއް ކަމުގައި ވެއެވެ.
-
39. އެއުރެންނީ (އެބަހީ: رسول ންނީ) اللَّه ގެ އެންގެވުންތައް މީސްތަކުންނަށް އަންގަވާ ބަޔެކެވެ. އަދި އެބޭކަލުން އެކަލާނގެ ދެކެ ބިރުވެތިވެތެވެ. އަދި އެބޭކަލުންނީ اللَّه ފިޔަވައި އެހެންފަރާތަކަށް ބިރުވެތިވާ ބަޔެއްނޫނެވެ. އަދި حساب ބައްލަވަނިވި ކަލަކު ކަމުގައި اللَّه ފުދިވޮޑިގެންވެއެވެ.
-
40. ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
-
41. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ!
-
42. އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ!
-
43. އެކަލާނގެއީ، ތިޔަބައިމީހުންގެ މައްޗަށް رحمة ލައްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ملائكة ން ތިޔަބައިމީހުންގެ ފާފަފުއްސެވުމަށްއެދި دعاء ކުރައްވަތެވެ. އެއީ كافر ކަމުގެ އަނދިރިކަމުން إيمان ކަމުގެ އަލިކަމުގެ ތެރެޔަށް އެކަލާނގެ ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.
-
44. އެކަލާނގެއާ އެއުރެން ބައްދަލުވާދުވަހު (އެބަހީ: قيامة ދުވަހު) އެއުރެންގެ تحيّة އަކީ سلام އެވެ. އަދި ދީލަތިވެގެންވާ ދަރުމަ (އެބަހީ: ސުވަރުގެ) އެއުރެންނަށްޓަކައި އެކަލާނގެ ތައްޔާރު ކުރެއްވިއެވެ.
-
45. އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ.
-
46. އަދި اللَّه ގެ دين އަށް، އެކަލާނގެ أمر ފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ.
-
47. އަދި ހަމަކަށަވަރުން، اللَّه ގެ حضرة ން ބޮޑުވެގެންވާ فضل ވަންތަކަން އެއުރެންނަށް ހުރިކަމަށް مؤمن ންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
-
48. އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ އުނދަގޫތައް (ފަރުވާލެއް ނުބަހައްޓަވައި) ދޫކޮށްލައްވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! އަދި وكيل އަކު ކަމުގައި اللَّه ފުދެތެވެ.
-
49. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، مؤمن އަންހެނުންނާ ކާވެނިކޮށް، ދެން އެކަނބަލުންގެ ގާތުގައި ރޭކުރުމުގެ ކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، عدّة ގެ ގޮތުން ތިޔަބައިމީހުން ގުނާނެ ދުވަސްތަކެއް އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަކަށް ނުވެތެވެ. ފަހެ، އެކަނބަލުންގެ ހިތްހަމަޖެއްސުމުގެގޮތުން ކޮންމެވެސް އެއްޗެއް (އެބަހީ: متعة އެއް) ތިޔަބައިމީހުން އެކަނބަލުންނަށް ދޭށެވެ! އަދި ތިޔަބައިމީހުން ރީތިވެގެންވާ ދޫކޮށްލުމަކުން އެކަނބަލުން ދޫކޮށްލާށެވެ! (ނޯޓު: މިއީ ރަނެއް ކަނޑައަޅާފައިނުވާނަމަ، އޮންނަގޮތެވެ. ރަނެއް ކަނޑައަޅާފައި އޮތްނަމަ، އޭގެ ދެބައިކުޅައެއްބައި ދޭންޖެހޭނެއެވެ.)
-
50. އޭ ނަބިއްޔާއެވެ! ކަލޭގެފާނު އެކަނބަލުންގެ ރަން ދެއްވާފައިވާ އަނބިއަނބިކަނބަލުންނާއި، ހަނގުރާމައިގެ غنيمة ގެ ގޮތުގައި ކަލޭގެފާނަށް اللَّه ދެއްވި ތަކެތީގެ ތެރެއިން، ކަލޭގެފާނަށް މިލްކުވެއްޖެ އަޅު އަންހެނުންނާއި، އެކަނބަލުން ކަލޭގެފާނާއެކު هجرة ކުރެއްވި ކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިންނާއި، ކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، މައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިން، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ހުއްދަކޮށް حلال ކުރެއްވީމެވެ. އަދި مؤمن އަންހެނަކު އެމީހެއްގެ އަމިއްލަ نفس ނަބިއްޔާއަށް هبة ކޮށްދީ، އަދި ނަބިއްޔާ އެމީހަކާ ކާވެނި ކުރެއްވުމަށް قصد ކުރައްވައިފިނަމަ، އެމީހަކާ ކާވެނި ކުރެއްވުންވެސް ހުއްދަ ކުރެއްވީމެވެ. އެހެން مؤمن ން ފިޔަވައި، އެމީހަކު ކަލޭގެފާނަށް خاص ވެގެންވާ ގޮތުގައެވެ. އެއުރެންގެ އަނބިންނާ މެދުގައްޔާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންނާމެދު، ތިމަންރަސްކަލާނގެ އެއުރެންނަށް ކަނޑައަޅުއްވާފައިވާގޮތް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއީ ކަލޭގެފާނުގެ މައްޗަށް ދަތިކަމެއް ނުވުމަށްޓަކައެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (ނޯޓު: އަންހެނަކު އެމީހެއްގެ نفس ހިބަކޮށްދީފިނަމަ، ރަނަކާ ނުލައި ކާވެނިކުރުން ހުއްދަވެގެންވީ ހަމައެކަނި ކީރިތި رسول އާއަށެވެ.)
-
51. އެކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކު (ރޭކުރެއްވުމުގައި) ފަސްކުރެއްވިޔަސް، އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކު، ކަލޭގެފާނުގެ އަރިހަށް ގެންނެވިޔަސް، އަދި ކަލޭގެފާނު ދުރުކުރައްވާފައިވާ މީހުންގެ ތެރެއިން ކަލޭގެފާނު ބޭނުންފުޅު މީހަކު (އަލުން) ގެންނެވިޔަސް އެކަމުން ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ އެކަނބަލުންގެ ލޯތަކަށް ފިނިކަން حاصل ވުމަށާއި، އެކަނބަލުން މޮޅިނުވުމަށާއި، ކަލޭގެފާނު އެކަނބަލުންނަށް ދެއްކެވި ގޮތާމެދު، އެކަނބަލުން އެންމެން ރުހުމަށް އެގޮތް ގާތްކަން ބޮޑީއެވެ. ތިޔަބައިމީހުންގެ ހިތްތަކުގައިވާ އެއްޗެއް، اللَّه ދެނެވޮޑިގެންވެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.
-
52. މީގެފަހުން، ކަލޭގެފާނަކަށް އިތުރަށް އަންހެނުން ހުއްދަވެގެނެއް ނުވެތެވެ. އަދި އެކަނބަލުންގެ ރީތިކަން، ކަލޭގެފާނު عجائب ފުޅުވާ ދަރަޖައަށް ހުއްޓަސް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ބަޔެއްގެ ބަދަލުގައި އެހެންބަޔަކާ ކާވެނިކުރެއްވުންވެސް ކަލޭގެފާނަކަށް ހުއްދަވެގެނެއް ނުވެތެވެ. ކަލޭގެފާނަށް ملك ވެގެންވާ އަޅު އަންހެނުން މެނުވީއެވެ. ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
-
53. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ކެއުމަކަށް إذن ދެއްވުމުން މެނުވީ، އަދި އެ ކެއުން ތައްޔާރުވެއްޖައުމަށް ދާނދެން، انتظار ކުރުމަކާ ނުލައި، ނަބިއްޔާގެ ގޭގެއަށް ތިޔަބައިމީހުން ނުވަންނާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންނަށް ގޮވައިލައްވައިފިނަމަ، ފަހެ، ތިޔަބައިމީހުން ވަންނާށެވެ! އަދި ތިޔަބައިމީހުން ކައި އަވަދިވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ދާށެވެ! އަދި ވާހަކަ ދެއްކުމުން މުނިފޫހިފިލުވާ ގޮތުގައި ތިޔަބައިމީހުން ނުތިބޭށެވެ! (އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެކަމަކީ، ނަބިއްޔާއަށް އުނދަގޫދޭ ކަމެއްކަމުގައިވެތެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންދެކެ އެކަލޭގެފާނު ލަދުފުޅުގަނެތެވެ. حق ގޮތް بيان ކުރެއްވުމަށް اللَّه ލަދުވެތިވެވޮޑިއެއްނުގަންނަވަތެވެ. އަދި އެކަނބަލުން (އެބަހީ: ނަބިއްޔާގެ އަނބިއަނބިކަނބަލުން) ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ سؤال ކުރާށެވެ! ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ طاهر ކަންބޮޑީ އެގޮތެވެ. اللَّه ގެ رسول އާއަށް ތިޔަބައިމީހުން އުނދަގޫ ކުރުމެއް، އަދި އެކަލޭގެފާނަށްފަހު ދުވަހަކުވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ ކާވެނިކުރުމެއް ތިޔަބައިމީހުންނަކަށް ހުއްދަވެގެނެއް ނުވެތެވެ. ހަމަކަށަވަރުން، އެކަމަކީ، اللَّه ގެ حضرة ގައި ބޮޑުވެގެންވާ ކަމެއްކަމުގައި (އެބަހީ: ފާފައެއްކަމުގައި) ވެއެވެ.
-
54. ތިޔަބައިމީހުން ކަމެއް ފާޅުކުޅަޔަސް، ނުވަތަ އެކަމެއް ވަންހަނާކުޅަޔަސް ފަހެ، ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.
-
55. އެކަނބަލުންގެ (އެބަހީ: رسول އާގެ އަނބިއަނބިކަނބަލުންގެ) ބަފައިންނާ މެދުގައްޔާއި، އެކަނބަލުންގެ ފިރިހެން ދަރިންނާ މެދުގައްޔާއި، އެކަނބަލުންގެ أخ ންނާ މެދުގައްޔާއި، އެކަނބަލުންގެ أخ ންގެ ފިރިހެން ދަރީންނާ މެދުގައްޔާއި، އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނާ މެދުގައްޔާއި، مؤمن އަންހެނުންނާ މެދުގައްޔާއި، އެކަނބަލުންނަށް ملك ވެގެންވާ އަޅުންނާ މެދުގައި (ފަރުދާ ނުކުރެއްވިޔަސް) އެކަނބަލުންގެ މައްޗަކަށް ކުށެއް ފާފައެއް ނެތެވެ. އަދި ތިޔަކަނބަލުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.
-
56. ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ!
-
57. ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް އުނދަގޫކުރާ (އެބަހީ: ދޮގުކޮށް كافر ވާ) މީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ދުނިޔެއާއި، آخرة ގައި لعنة ލެއްވިއެވެ. އަދި އެކަލާނގެ އިހާނަތްތެރި عذاب އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ.
-
58. އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ.
-
59. އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، مؤمن ންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.
-
60. ހަމަކަށަވަރުން، منافق ންނާއި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް އުފެދިފައިވާ މީހުންނާއި، مؤمن ން ބިރުގެންނެވުމަށް المدينة ގައި ދޮގު ވާހަކަތައް ފަތުރައި، ފިތުނައުފައްދާ މީހުން އެކަން ހުއްޓައިނުލިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ފާކުރައްވައި ފޮނުއްވައިފާހުށީމެވެ. ދެންފަހެ ކަލޭގެފާނުގެ އަވަށްޓެރިންގެ ގޮތުގައި ވަރަށް ކުރު މުއްދަތަކަށް މެނުވީ އެއުރެން އެރަށުގައި ނުތިބޭނެތެވެ.
-
61. އެއުރެންނަށް لعنة ލައްވާފައިވާ حال ގައެވެ. (އަދި) އެއުރެން ފެނުނު ކޮންމެ ތަނަކުން ހިފެވި، ބިރުވެރި قتل ކުރުމަކުން، އެއުރެން قتل ކުރެވޭހުށްޓެވެ.
-
62. (އެއީ) އިސްވެދިޔަ މީހުންނާމެދު، اللَّه، ކަންހިންގެވިގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
-
63. قيامة ވުމުގެ ވަގުތާމެދު މީސްތަކުން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަން ކަށަވަރީ، اللَّه ގެ حضرة ގައެވެ. އަދި ކަލޭގެފާނަށް އެކަން އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ قيامة ވުމުގެ ވަގުތު ވަރަށް ގާތްވެފައިވެސް އޮވެދާނެތެވެ.
-
64. ހަމަކަށަވަރުން، اللَّه، كافر ންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ.
-
65. އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ نصر ދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ.
-
66. އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) رسول އާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ!
-
67. އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ.
-
68. އަޅަމެންގެ ވެރިރަސްކަލާކޮ! عذاب ގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ لعنة ލެއްވުމަކުން، އެއުރެންނަށް لعنة ލައްވާނދޭވެ!
-
69. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! موسى ގެފާނަށް އުނދަގޫކޮށް އުޅުނު މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެއުރެން އެކަލޭގެފާނާމެދު ދެއްކި ވާހަކައިން، اللَّه، އެކަލޭގެފާނު ބަރީއަކުރެއްވިއެވެ. އަދި اللَّه ގެ حضرة ގައި އެކަލޭގެފާނު، قدر އުފުލިގެންވާ ބޭކަލަކު ކަމުގައި ވިއެވެ.
-
70. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ!
-
71. (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ عمل ތައް އެކަލާނގެ إصلاح ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ.
-
72. ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ أمانة (އެބަހީ: تكليف ތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި إنسان އާއެ أمانة އުފުލިއެވެ. ހަމަކަށަވަރުން، އެ إنسان އާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.
-
73. (އެއީ) منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، شريك ކުރާ ފިރިހެނުންނާއި، شريك ކުރާ އަންހެނުންނަށް اللَّه عذاب ދެއްވުމަށްޓަކައެވެ. އަދި مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް اللَّه توبة ލެއްވުމަށްޓަކައެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.
ޙިއްސާ
1
އަލް ފާތިޙާ
2
އަލް ބަޤަރާ
3
އާލް އިމްރާން
4
އައްނިސާ
5
އަލް މާއިދާ
6
އަލް އަންޢާމް
7
އަލް ޢަޢްރާފް
8
އަލް އަންފާލް
9
އައްތައުބާ
10
ޔޫނުސް
11
ހޫދު
12
ޔޫސުފް
13
އައް ރަޢްދް
14
އިބްރާހީމް
15
އަލް ޙިޖްރު
16
އަންނަޙްލް
17
އަލް އިސްރާ
18
އަލް ކަހްފް
19
މަރިޔަމް
20
ތާހާ
21
އަލް އަންބިޔާ
22
އަލް ޙައްޖު
23
އަލް މޫމިނޫން
24
އަންނޫރު
25
އަލް ފުރުޤާން
26
އައްޝުޢަރާ
27
އަންނަމްލް
28
އަލް ޤަޞަޞް
29
އަލް ޢަންކަބޫތު
30
އައްރޫމް
31
ލުޤްމާން
32
އައްސަޖްދަ
33
އަލް އަޙްޒާބް
34
ސަބާ
35
ފާތިރް
36
ޔާސީން
37
އަލް ޞޯއްފަ
38
ޞޯދް
39
އައްޒުމަރް
40
އަލް ޣާފިރް
41
ފުއްޞިލަތް
42
އައްޝޫރާ
43
އައްޒުޚްރޫފް
44
އައްދުކާން
45
އަލް ޖާޡިޔަ
46
އަލް އަޙްޤާފް
47
މުޙަންމަދު
48
އަލް ފަތްޙް
49
އަލް ޙުޖުރާތް
50
ޤާފް
51
އައްދާރިޔަ
52
އައްތޫރް
53
އައްނަޖްމް
54
އަލް ޤަމަރް
55
އައްރަޙްމާން
56
އަލް ވާގިޢަ
57
އަލް ޙަދީދް
58
އަލް މުޖާދިލަ
59
އަލް ޙަޝްރް
60
އަލް މުމްތަޙާނަ
61
އަލް ޞަފް
62
އަލް ޖުމްޢަ
63
އަލް މުނާފިޤޫން
64
އައްތަޣާބުން
65
އައްތަލަޤް
66
އައްތަޙްރީމް
67
އަލް މުލްކު
68
އަލް ޤަލަމް
69
އަލް ޙާއްޤަ
70
އަލް މަޢާރިޖް
71
ނޫޙް
72
އަލް ޖިންނި
73
އަލް މުޒަންމިލް
74
އަލް މުއްދަޡިރް
75
އަލް ޤިޔާމަ
76
އަލް އިންސާން
77
އަލް މުރްސަލާތް
78
އަންނަބާ
79
އަންނާޒިޢާ
80
ޢަބަސަ
81
އައްތަކްވީރް
82
އަލް އިންފިތާރް
83
އަލް މުތައްފިފީން
84
އަލް އަންޝިޤާޤް
85
އަލް ބުރޫޖް
86
އައްތޯރިޤް
87
އަލް ޢަޢްލާ
88
އަލް ޣާޝިޔަ
89
އަލް ފަޖްރް
90
އަލް ބަލަދް
91
އައްޝަމްސް
92
އައްލައިލް
93
އައްޟުޙާ
94
އަލް އިންޝިރާޙް
95
އައްތީން
96
އަލްޢަލަޤް
97
އަލްޤަދްރް
98
އަލްބައްޔިނަ
99
އައްޒަލްޒަލަ
100
އަލްޢާދިޔަ
101
އަލްޤާރިޢަ
102
އައްތަކާޡުރް
103
އަލްޢަޞްރް
104
އަލް ހުމަޒަ
105
އަލް ފީލް
106
ޤުރައިޝް
107
އަލް މާޢޫން
108
އަލް ކައުޡަރް
109
އަލް ކާފިރޫން
110
އައްނަޞްރް
111
އަލް މަސަދް
112
އަލް އިޚްލާޞް
113
އަލް ފަލަޤް
114
އައްނާސް