108. އަލް ކައުޡަރް - ކޯރަން
- 1. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި كوثر އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ.
- 2. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!
- 3. ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.