102. އައްތަކާޡުރް - ކޯރަން
- 1. (މުދަލާއި ދަރިން (ގިނަކަމަށް އެކަކުއަނެކަކަށް فخر ވެރިވެ އުޅުން، ތިޔަބައިމީހުން (اللَّه ގެ މަތިން ހަނދުމަނެއްތައި (مشغول ކޮށްފިއެވެ.
- 2. ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ. (
- 3. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
- 4. ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
- 5. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. يقين ކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.
- 6. ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.
- 7. ދެންހަމަ يقين ކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.
- 8. ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ سؤال ކުރައްވާނެކަން ކަށަވަރެވެ.