އަލް މުމްތަޙާނަ - ޤުރުއާން - ހާރޫން ޔަހްޔާ އެވެ
-
1. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ عدوّ ންނާއި، އަދި ތިޔަބައިމީހުންގެ عدوّ ންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެއުރެންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި حق دين އަށް އެއުރެންވަނީ كافر ވެފައެވެ. ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިޔަބައިމީހުން إيمان ވާ ކަމަށްޓަކައި، އެއުރެން رسول އާއާއި، ތިޔަބައިމީހުން ރަށުން ބޭރުކޮށްލައެވެ. ތިމަންރަސްކަލާނގެ މަގުގައި جهاد ކުރުމަށާއި، އަދި ތިމަންރަސްކަލާނގެ ރުއްސެވުން އަދައިގެން، ތިޔަބައިމީހުން ނުކުތް ކަމުގައިވާނަމަ (ތިޔަބައިމީހުން ތިމަންރަސްކަލާނގެ عدوّ ންނަށް رحمة ތެރިކަން ނުބަހައްޓާށެވެ!) ތިޔަބައިމީހުން އެއުރެންނަށް ލޯތްބާއެކު ސިއްރު ވާހަކަ ދައްކަމުއެވެ. ތިޔަބައިމީހުން ފޮރުވާކަންތަކާއި، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންކުރެ އެފަދަ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގު ގެއްލިއްޖެކަން ކަށަވަރެވެ.
-
2. އެއުރެން ތިޔަބައިމީހުންގެ މައްޗަށް ގަދަވެއްޖެނަމަ، އެއުރެންވާހުށީ ތިޔަބައިމީހުންނަށްހުރި عدوّ ން ކަމުގައެވެ. އަދި އެއުރެންގެ އަތްތަކާއި، ދޫތައް ނުބައިގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފަތުރައިލާނެތެވެ. އަދި ތިޔަބައިމީހުން كافر ވާނެ ނަމައޭ ހިތައި، އެއުރެން އެކަމަށް އެދޭނެތެވެ.
-
3. ތިޔަބައިމީހުންގެ ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުންގެ ދަރިން، قيامة ދުވަހުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކޮށްދޭނެތެވެ. ތިޔަބައިމީހުންގެ މެދުގައި އެކަލާނގެ (އެދުވަހުން) ނިޔާކުރައްވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
-
4. إبراهيم ގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ قوم އަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ دين އަށް ތިމަންމެން إنكار ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން إيمان ވެއްޖައުމަށް ދާނދެނެވެ. إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން، ތިބާއަށް ފާފަފުއްސެވުންއެދި ތިމަންކަލޭގެފާނު دعاء ކުރައްވާހުށީމެވެ. (އެހެނެއްކަމަކު) اللَّه ގެ حضرة ން ތިބާއަށްޓަކައި އެއްވެސްކަމެއް ކޮށްދިނުމުގެ ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ.
-
5. އަޅަމެންގެ ވެރިރަސްކަލާކޮ! كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
-
6. އެބޭކަލުންގައި ތިޔަބައިމީހުންނަށް ރިވެތި ނަމޫނާއެއް ވާކަން ކަށަވަރެވެ. اللَّه އާއި، آخرة ދުވަސް އެދޭކަމުގައިވީ މީހަކަށެވެ. އަދި ފުރަގަސްދީ އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.
-
7. އެއުރެންކުރެ ތިޔަބައިމީހުން عداوة ތެރިވި މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައި اللَّه އެކުވެރިކަން ލައްވައިފާށިއެވެ! اللَّه އީ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
-
8. ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
-
9. اللَّه، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.
-
10. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް مؤمن އަންހެނުން هجرة ކޮށްފައި އަންނަހިނދު، ފަހެ، ތިޔަބައިމީހުން އެކަނބަލުން امتحان ކުރާށެވެ! އެކަނބަލުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، އެކަނބަލުންނީ، (حقيقة ގައި) مؤمن ންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ފަހެ، كافر ންގެގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ! އެކަނބަލުން އެއުރެންނަށް حلال ވެގެނެއް ނުވެތެވެ. އަދި އެއުރެންވެސް އެކަނބަލުންނަކަށް حلال ވެގެނެއް ނުމެވޭމެއެވެ. އަދި އެއުރެން (ކާވެނީގެ ރަނުގެ ގޮތުގައި) ހޭދަކޮށްފައިވާ އެއްޗެއް ތިޔަބައިމީހުން އެއުރެންނަށް ދޭހުށިކަމެވެ! އަދި އެކަނބަލުންގެ ކާވެނީގެ ރަން އެކަނބަލުންނަށް ތިޔަބައިމީހުންދޭނަމަ، ތިޔަބައިމީހުން އެކަނބަލުންނާ ކާވެނި ކުރުމުގައި، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން، كافر އަންހެނުން އަނބިންގެ ގޮތުގައި ނުބައިތިއްބާށެވެ! އަދި ތިޔަބައިމީހުން (އެކަނބަލުންނަށް) ރަނުގެ ގޮތުގައިދިން އެއްޗެއް އަތުލުމަށް ތިޔަބައިމީހުން سؤال ކުރާށެވެ! އަދި އެ كافر ން ހޭދަކުރި އެއްޗެއް އަތުލުމަށް އެއުރެންވެސް سؤال ކުރާހުށިކަމެވެ! އެއީ اللَّه ގެ حكم ފުޅެވެ. އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ނިޔާކުރައްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
-
11. އަދި ތިޔަބައިމީހުންގެ އަނބިންކުރެ މީހަކު، ތިޔަބައިމީހުން ދޫކޮށް كافر ންގެ ގާތަށް ހިނގައްޖެނަމަ، ދެން ތިޔަބައިމީހުން ހަނގުރާމަކޮށް (غنيمة ގެ މުދާ ލިބުމުން) ފަހެ، އެއުރެންގެ ކިބައިން، އެއުރެންގެ އަނބިން ގޮސްފައިވާ މީހުންނަށް، އެއުރެން ރަނުގެ ގޮތުގައި ހޭދަކުރިފަދަ އެއްޗެއް ތިޔަބައިމީހުން (އެ غنيمة އިން) ދޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް إيمان ވެގެންވާ (ކަލާނގެ ކަމުގައިވާ) اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ!
-
12. އޭ ނަބިއްޔާއެވެ! إيمان ވެގެންވާ އަންހެނުން ކަލޭގެފާނުގެ އަރިހަށް بيعة ހިފުމަށް އަންނަހިނދު، އެކަނބަލުން اللًّه އާ އެއްވެސް އެއްޗެއް شريك ނުކުޅައުމަށާއި، އެކަނބަލުން ވައްކަން ނުކުޅައުމަށާއި، އެކަނބަލުން ޒިނޭ ނުކުޅައުމަށާއި، އެކަނބަލުންގެ ދަރިން ނުމެރުމަށާއި، އަދި އެކަނބަލުންގެ އަތްތަކާއި ފައިތަކާ ދެމެދަށް بهتان ދޮގު ވާހަކައެއް ހަދައިގެން ނުގެނައުމަށާއި (އެބަހީ: ނަހަލާލު ކުދިން حلال ކުދިން ކަމުގައި ނުހެދުމަށާއި) އަދި އެއްވެސް ހެޔޮކަމެއްގައި ކަލޭގެފާނަށް އެކަނބަލުން އުރެދިނުގަތުމަށް، ފަހެ، ކަލޭގެފާނު އެކަނބަލުންނާ بيعة ހިއްޕަވާށެވެ! އަދި އެކަނބަލުންނަށް ފާފަފުއްސެވުންއެދި ކަލޭގެފާނު اللَّه އަށް ދަންނަވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
-
13. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެބައެއްގެ މައްޗަށް اللَّه ކޯފާލައްވާފައިވާ ބަޔަކާ ތިޔަބައިމީހުން އެކުވެރިވެ ނޫޅޭށެވެ! ހަމަކަށަވަރުން، އެއުރެންވަނީ آخرة އާމެދު މާޔޫސްވެގެންނެވެ. ކަށްވަޅުގެ أهل ވެރިންނާމެދު كافر ން މާޔޫސްވީ ފަދައިންނެވެ.
ޙިއްސާ
1
އަލް ފާތިޙާ
2
އަލް ބަޤަރާ
3
އާލް އިމްރާން
4
އައްނިސާ
5
އަލް މާއިދާ
6
އަލް އަންޢާމް
7
އަލް ޢަޢްރާފް
8
އަލް އަންފާލް
9
އައްތައުބާ
10
ޔޫނުސް
11
ހޫދު
12
ޔޫސުފް
13
އައް ރަޢްދް
14
އިބްރާހީމް
15
އަލް ޙިޖްރު
16
އަންނަޙްލް
17
އަލް އިސްރާ
18
އަލް ކަހްފް
19
މަރިޔަމް
20
ތާހާ
21
އަލް އަންބިޔާ
22
އަލް ޙައްޖު
23
އަލް މޫމިނޫން
24
އަންނޫރު
25
އަލް ފުރުޤާން
26
އައްޝުޢަރާ
27
އަންނަމްލް
28
އަލް ޤަޞަޞް
29
އަލް ޢަންކަބޫތު
30
އައްރޫމް
31
ލުޤްމާން
32
އައްސަޖްދަ
33
އަލް އަޙްޒާބް
34
ސަބާ
35
ފާތިރް
36
ޔާސީން
37
އަލް ޞޯއްފަ
38
ޞޯދް
39
އައްޒުމަރް
40
އަލް ޣާފިރް
41
ފުއްޞިލަތް
42
އައްޝޫރާ
43
އައްޒުޚްރޫފް
44
އައްދުކާން
45
އަލް ޖާޡިޔަ
46
އަލް އަޙްޤާފް
47
މުޙަންމަދު
48
އަލް ފަތްޙް
49
އަލް ޙުޖުރާތް
50
ޤާފް
51
އައްދާރިޔަ
52
އައްތޫރް
53
އައްނަޖްމް
54
އަލް ޤަމަރް
55
އައްރަޙްމާން
56
އަލް ވާގިޢަ
57
އަލް ޙަދީދް
58
އަލް މުޖާދިލަ
59
އަލް ޙަޝްރް
60
އަލް މުމްތަޙާނަ
61
އަލް ޞަފް
62
އަލް ޖުމްޢަ
63
އަލް މުނާފިޤޫން
64
އައްތަޣާބުން
65
އައްތަލަޤް
66
އައްތަޙްރީމް
67
އަލް މުލްކު
68
އަލް ޤަލަމް
69
އަލް ޙާއްޤަ
70
އަލް މަޢާރިޖް
71
ނޫޙް
72
އަލް ޖިންނި
73
އަލް މުޒަންމިލް
74
އަލް މުއްދަޡިރް
75
އަލް ޤިޔާމަ
76
އަލް އިންސާން
77
އަލް މުރްސަލާތް
78
އަންނަބާ
79
އަންނާޒިޢާ
80
ޢަބަސަ
81
އައްތަކްވީރް
82
އަލް އިންފިތާރް
83
އަލް މުތައްފިފީން
84
އަލް އަންޝިޤާޤް
85
އަލް ބުރޫޖް
86
އައްތޯރިޤް
87
އަލް ޢަޢްލާ
88
އަލް ޣާޝިޔަ
89
އަލް ފަޖްރް
90
އަލް ބަލަދް
91
އައްޝަމްސް
92
އައްލައިލް
93
އައްޟުޙާ
94
އަލް އިންޝިރާޙް
95
އައްތީން
96
އަލްޢަލަޤް
97
އަލްޤަދްރް
98
އަލްބައްޔިނަ
99
އައްޒަލްޒަލަ
100
އަލްޢާދިޔަ
101
އަލްޤާރިޢަ
102
އައްތަކާޡުރް
103
އަލްޢަޞްރް
104
އަލް ހުމަޒަ
105
އަލް ފީލް
106
ޤުރައިޝް
107
އަލް މާޢޫން
108
އަލް ކައުޡަރް
109
އަލް ކާފިރޫން
110
އައްނަޞްރް
111
އަލް މަސަދް
112
އަލް އިޚްލާޞް
113
އަލް ފަލަޤް
114
އައްނާސް