101. އަލްޤާރިޢަ - ކޯރަން
- 1. ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހެވެ.
- 2. ހިތްތަކަށް ބިރުވެރިކަންގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
- 3. އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
- 4. ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.
- 5. އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.
- 6. ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ!
- 7. ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.)
- 8. އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ!
- 9. ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ.