logo ހާރޫން ޔަހްޔާ އެވެ

އައްޒުޚްރޫފް - ޤުރުއާން - ހާރޫން ޔަހްޔާ އެވެ

  • 1. ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
  • 2. بيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ.
  • 3. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ލައްވާފައިވަނީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.
  • 4. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައިވާ މައިފޮތުގައި (އެބަހީ: اللوح المحفوظ ގައި) އެފޮތްވަނީ މަތިވެރިވެގެންވާ حكمة ތެރި ފޮތެއް ކަމުގައެވެ.
  • 5. ފަހެ، ތިޔަބައިމީހުން (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައިވީތީވެ، ތިޔަބައިމީހުންނާމެދު ތިމަންރަސްކަލާނގެ قرآن ގެ وعظ ބާވައިނުލައްވައި ދޫކޮށްލައްވަންވީހެއްޔެވެ؟
  • 6. އަދި އިސްވެދިޔަ މީސްތަކުންގެގާތަށް ތިމަންރަސްކަލާނގެ ކިތައްކިތައް ނަބިއްޔުން ފޮނުއްވިން ހެއްޔެވެ؟
  • 7. އަދި އެއުރެން އެބޭކަލަކަށް ފުރައްސާރަކުރާ ކަމުގައިނުވާ އެއްވެސް ނަބިއްޔަކު އެއުރެންގެ ގާތަކަށް ވަޑައެއްނުގަންނަވަތެވެ.
  • 8. ފަހެ، ތިމަންރަސްކަލާނގެ އެބައިމީހުންނަށްވުރެ މާބާރުގަދަ މީހުން ހަލާކު ކުރެއްވީމެވެ. އަދި އިސްވެދިޔަ މީހުންގެ مثال ވޭތުވެހިނގައްޖެއެވެ.
  • 9. ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. އެތަކެތި ހެއްދެވީ، عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
  • 10. އެކަލާނގެއީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި ބިން ލައްވައި، އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން (ގަސްތުކުރާ ތަންތަނަށް) ދިއުމަށް މަގު އެނގުމަށްޓަކައެވެ.
  • 11. އަދި އެކަލާނގެއީ، ކަނޑައެޅިގެންވާ މިންވަރަކަށް އުޑުން ފެން ވެއްސެވި ރަސްކަލާނގެއެވެ. ފަހެ، މަރުވެފައިވާ ރަށެއް ތިމަންރަސްކަލާނގެ އެފެނުން ދިރުއްވީމެވެ. ހަމައެފަދައިން، ތިޔަބައިމީހުން (ކަށްވަޅުތަކުން) ނެރުއްވާހުށްޓެވެ.
  • 12. އަދި އެކަލާނގެއީ، ހުރިހާ ބާވަތެއްގެ ތަކެތި ޖޯޑުޖޯޑަށް ހެއްދެވި ރަސްކަލާނގެއެވެ. އަދި ނައުފަހަރާއި، نعم ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭތަކެތި، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ.
  • 13. (އެއީ) ތިޔަބައިމީހުން އެތަކެތީގެ ބުރަކަށިމަތީގައި ހަމަޖެހުމަށްޓަކައެވެ. ދެން ތިޔަބައިމީހުން އޭގެމަތީގައި ހަމަޖެހޭހިނދު، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ نعمة ހަނދުމަކުރުމަށެވެ. އަދި ތިޔަބައިމީހުން ކިޔުމަށްޓަކައެވެ. އަޅަމެންނަށް މި ތަކެތި خدمة ތެރިކޮށްދެއްވި ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ.
  • 14. އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވާނެކަން ކަށަވަރެވެ.
  • 15. އެއުރެން (އެބަހީ: كافر ވި މީހުން) އެކަލާނގެ އަޅުންގެތެރެއިން ބަޔެއް، އެކަލާނގެ ދަރިންކަމުގައި ހެދޫއެވެ. ހަމަކަށަވަރުން (މިކަންކުރާ) އިންސާނާއީ، ފާޅުވެގެންހުރި كافر ކަންބޮޑު މީހެއްކަން ކަށަވަރެވެ.
  • 16. ނުވަތަ އެކަލާނގެ ހެއްދެވި ތަކެތީގެތެރެއިން އެކަލާނގެ ذات ފުޅަށް އަންހެންދަރިން ހިއްޕަވައި، ތިޔަބައިމީހުންނަށް ފިރިހެންދަރިން خاص ކުރެއްވި (ކަމަށް ހީކުރަނީ) ހެއްޔެވެ؟
  • 17. رحمن ވަންތަ ރަސްކަލާނގެއަށް އެއުރެންގެ މީހަކު نسبة ކުރިފަދަ ދަރިޔަކު (އެބަހީ: އަންހެން ދަރިޔަކު) ލިބުނުކަމުގެ خبر އެމީހަކަށް ދެވިއްޖެނަމަ، އޭނާގެ މޫނު އަނދިރިވެގެންދެއެވެ. އޭނާޔަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ.
  • 18. އަދި (اللَّه އަށް އެއުރެން އެ نسبة ކުރަނީ) ގަހަނާ އަޅުވައި، ބޮޑުކުރާ މީހަކު ހެއްޔެވެ؟ އަދި އޭނާއީ، ދެކޮޅުވެރިކަމެއް ދިމާވާހިނދު حجّة ބަޔާން ނުކުރެވޭ މީހެކެވެ.
  • 19. އަދި رحمن ވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكة ންނަކީ، އަންހެން ބަޔެއް ކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكة ން ހެއްދެވިއިރު، އެއުރެން حاضر ވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަންހުރެ ލިޔުއްވާހުށްޓެވެ. އަދި (آخرة ދުވަހުން) އެއުރެންނާ سؤال ކުރައްވާހުށްޓެވެ.
  • 20. އަދި އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެ އިރާދަކުރެއްވިނަމަ، ތިމަންމެން އެ ملائكة ންނަކަށް އަޅުކަމެއް ނުކުރީމުހެވެ. އެކަމާމެދު އެއުރެންނަށް އެއްވެސް އެނގުމެއް ނުވެތެވެ. އެއުރެން ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ނުވެތެވެ.
  • 21. ނުވަތަ އޭގެކުރިން (އެބަހީ: قرآن ގެ ކުރިން) ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ފަހެ، އެއުރެން އެފޮތުގައި ހިފަހައްޓަނީ ހެއްޔެވެ؟
  • 22. އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން، ދުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން ހިނގަނީއެވެ.
  • 23. އަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން تبع ވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް إنذار ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ.
  • 24. އެބޭކަލަކު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ دين އެއްގެ މަތީގައި ވަނިކޮށް ތިޔަބައިމީހުން ދުށް دين އަށްވުރެ حق ކަންބޮޑު دين އަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތްކަމުގައިވިޔަސް ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެ دين އަކާއިގެން ތިޔަބޭކަލުން ފޮނުއްވެވި دين އަށް ތިމަންމެންވަނީ كافر ވެގެންނެވެ.
  • 25. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ދޮގުކުރާ މީހުންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
  • 26. إبراهيم ގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.
  • 27. އިސްވެދިޔަ مثال އަކާނުލައި ތިމަން ހެއްދެވި ރަސްކަލާނގެ މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ.
  • 28. އަދި އެބަސްފުޅު (އެބަހީ: لاإله إلاّاللَّه މި كلمة ފުޅު) އެކަލޭގެފާނުގެ ދަރިކޮޅުގައި ދެމިއޮންނާނޭ ބަސްފުޅެއްކަމުގައި ލެއްވިއެވެ. އެއީ اللَّه ގެ މަގަށް އެއުރެން رجوع ވުމަށްޓަކައެވެ.
  • 29. އަދި ކިއެއްތަ! ތިމަންރަސްކަލާނގެ މިބައިމީހުންނާއި، އެއުރެންގެ ކާބަފައިން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. حق ފޮތާއި، بيان ކޮށްދެއްވާ رسول އަކު އެއުރެންގެގާތަށް ވަޑައިގެންފުމަށް ދާނދެނެވެ.
  • 30. އަދި حق ފޮތް (އެބަހީ: ކީރިތި قرآن) އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނޫއެވެ. މިއީ ޖާދޫއެކެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، އެއަށް كافر ވެގެންނެވެ.
  • 31. އަދި އެއުރެން ބުނޫއެވެ. އެ ދެރަށުގެ (އެބަހީ: مكة އާއި، طائف ގެ) މީހުންކުރެ، މާތްމީހަކަށް މި قرآن ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟
  • 32. ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.
  • 33. އަދި (كافر ކަމުގައި) މީސްތަކުން އެއް أمّة އެއްކަމުގައި ނުވާނެނަމަ، رحمن ވަންތަ ރަސްކަލާނގެއަށް كافر ވާ މީހުންގެ ގެތަކުގެ ފުރާޅުތައް ރިހިން ލައްވައި، އަދި އެއުރެން އަރައިފައިބާ ސިޑިތައް (ރިހިން) ލެއްވީމުހެވެ.
  • 34. އަދި އެއުރެންގެ ގެތަކުގެ ދޮރުތަކާއި، އެއުރެން ލެނގިލައިގެން ތިބޭ އެނދުތައްވެސް (ރިހިން) ލެއްވީމުހެވެ.
  • 35. އަދި (އެތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައިނޫނީ ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި تقوى ވެރިންނަށް آخرة ގެ نعمة ހުށްޓެވެ.
  • 36. رحمن ވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ شيطان އެއް ފާކުރައްވާހުށީމެވެ. ފަހެ، شيطان އާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ.
  • 37. އަދި ހަމަކަށަވަރުން، އެ شيطان ން، މީސްތަކުން ތެދުމަގުން އެއްކިބާކުރެތެވެ. އަދި އެއުރެން ހީކުރަނީ، އެއުރެންވަނީ ތެދުމަގު ލިބިފައިކަމުގައެވެ.
  • 38. އޭނާ ތިމަންރަސްކަލާނގެ حضرة އަށް އަތުވެއްޖެނަމަ، އެހިނދު އޭނާ ބުނާނެތެވެ. ތިމަންނާޔާ، ކަލެޔާ ދެމެދުގެ ދުރުމިން مشرق އާއި، مغرب އާ ދެމެދުހައި ދުރުމިން ކަމުގައިވާނަމަ، ކޮންފަދަހެއްޔެވެ! ފަހެ، ކަލެޔަކީ ހާދަހާ ނުބައިވެގެންވާ އެކުވެރިޔެކެވެ.
  • 39. (އެއުރެންނަށް އަންގަވާނެތެވެ.) އަދި ތިޔަބައިމީހުން އަނިޔާވެރިވުމުގެ ސަބަބުން، ތިޔަބައިމީހުން عذاب ގައި ބައިވެރިވުމަކުން މިއަދު ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ.
  • 40. ފަހެ، ބީރުބަޔަކަށް (حق ގެ) އަޑު ކަލޭގެފާނަށް އިއްވެވިދާނެތޯއެވެ؟ ނުވަތަ ކަނުބަޔަކަށް އަދި ފާޅުވެ بيان ވެގެންވާ އުރެދުމެއްގައިވާ ބަޔަކަށް މަގު ދެއްކެވިދާނެތޯއެވެ؟
  • 41. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވައިފިނަމަވެސް (އެބަހީ: މަރުގެންނެވި ނަމަވެސް) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ.
  • 42. ނުވަތަ އެއުރެންނަށް ތިމަންރަސްކަލާނގެ وعد ކުރެއްވި ކަންތައް ކަލޭގެފާނަށް ދައްކަވާހުށީމެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، އެއުރެންގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
  • 43. ފަހެ، ކަލޭގެފާނަށް އިއްވަވާ وحى އެއްގައި ކަލޭގެފާނު ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ.
  • 44. އަދި ހަމަކަށަވަރުން، އެ قرآن އަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قوم ގެމީހުންނަށް ލިބުނު شرف އެކެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނާ سؤال ކުރައްވާނެތެވެ.
  • 45. އަދި ތިމަންރަސްކަލާނގެ رسول ންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި رسول ންކުރެން އައްސަވާށެވެ! (އެބަހީ: އެބޭކަލުންގެ شريعة ން ބައްލަވާށެވެ!) رحمن ވަންތަ ރަސްކަލާނގެ މެނުވީ، އަޅުކަންވެވޭ އެހެން إله ންތަކެއް ތިމަންރަސްކަލާނގެ ލެއްވިންހެއްޔެވެ؟
  • 46. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއިގެން، فرعون އާއި، އޭނާގެ قوم ގެ ބޮޑުންގެ ގާތަށް ތިމަންރަސްކަލާނގެ موسى ގެފާނު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، عالم ތަކުގެ ވެރިރަސްކަލާނގެ رسول އަކީމެވެ.
  • 47. ފަހެ، އެކަލޭގެފާނު ތިމަންރަސްކަލާނގެ آية ތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެހާރުން އެ آية ތަކާމެދު، އެއުރެން މަލާމާތްކޮށް، ހެނއެވެ.
  • 48. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްކެވި ކޮންމެ معجزة އެއް، އެފަދަ އަނެއް معجزة އަކަށްވުރެ މާބޮޑުކަމުގައި މެނުވީ ނުދައްކަވަމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވައި، ހިއްޕެވީމެވެ. (އެއީ) އެއުރެން (كافر ކަމުން) رجوع ވުމަށްޓަކައެވެ.
  • 49. އެއުރެން ބުނޫއެވެ. އޭ ޖާދޫވެރިޔާއެވެ! އެކަލާނގެ ކަލޭގެފާނަށް عهد ވެވޮޑިގެންނެވި ކަންތައް ތިމަންމެންނަށް ދެއްވުމަށްއެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރައްވައި ބައްލަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ވާހުށީ ތެދުމަގުލިބިގެންވާ ބަޔަކު ކަމުގައެވެ.
  • 50. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން عذاب ފިއްލަވައިފިހިނދު، އެހާރުން އެއުރެން عهد އުވައިލަތެވެ.
  • 51. އަދި فرعون އޭނާގެ قوم ގެމީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! مصر ގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟
  • 52. އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: موسى ގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ بيان ކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ.
  • 53. ފަހެ، އޭނާގެ މައްޗަށް ރަނުގެ އުޅާތަކެއް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭނާއާއެކުގައި އެހީތެރިވާނެ ملائكة ން ވަޑައިނުގަތީ ކީއްވެގެން ހެއްޔެވެ؟
  • 54. ފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ قوم ގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ. ހަމަކަށަވަރުން، އެއުރެންވީ، فاسق ވެގެންވާ ބަޔަކު ކަމުގައެވެ.
  • 55. ފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ.
  • 56. ފަހެ، (كافر ވި) އެހެންމީހުންނަށް عبرة އެއް ކަމުގައްޔާއި، مثال އެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.
  • 57. مريم ގެފާނުގެ ދަރިކަލުންގެ ވާހަކަ مثال އެއްގެ ގޮތުގައި ކިޔައިދެއްވިހިނދު، އެހާރުން އެކަންތަކާމެދު ކަލޭގެފާނުގެ قوم ގެމީހުން މަލާމާތްކޮށް ހަޅޭލަވަތެވެ.
  • 58. އަދި އެއުރެން ބުނޫއެވެ. ރަނގަޅީ، ތިމަންމެންގެ إله ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ ކަލޭގެފާނާ جدل ކުރުމަށް މެނުވީ އެއުރެން އެ مثال ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ.
  • 59. ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް نعمة ދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. އަދި إسرآءيل ގެދަރިންނަށް عبرة އެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ.
  • 60. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުންގެ ފަހަށް، ބިމުގައި ملائكة ން ލައްވައިފީމުހެވެ.
  • 61. އަދި ހަމަކަށަވަރުން، އެކަލޭގެފާނީ، قيامة ވުމުގެ ވަގުތަށް ހުރި علامة އެކެވެ. ފަހެ، ތިޔަބައިމީހުން އެދުވަހާމެދު شك ނުކުރާހުށިކަމެވެ! އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަގަށް تبع ވާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.
  • 62. އަދި شيطان އާ ތިޔަބައިމީހުން (ތެދުމަގުން) އެއްކިބާކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، އެކަލޭގެއީ، ތިޔަބައިމީހުންނަށްހުރި ފާޅުވެގެންވާ عداوة ތެރިޔެކެވެ.
  • 63. އަދި عيسى ގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، حكمة އާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތަކާމެދު خلاف ވާ ބައެއް ކަންތައް ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ!
  • 64. ހަމަކަށަވަރުން، اللَّه އެއީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.
  • 65. ފަހެ، އެއުރެންގެ މެދުގައި (އެބަހީ: نصارى އިންގެ މެދުގައި) އެކި جماعة ތައް (އެކަލޭގެފާނާމެދު) ދެބަސްވޫއެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ވޭންދެނިވި عذاب ގެދުވަހު ހަލާކާއި ގެއްލުން ހުށްޓެވެ.
  • 66. އެއުރެންނަށް ނޭނގިތިއްބައި ކުއްލިޔަކަށް قيامة ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظار އެއް ނުކުރެތެވެ.
  • 67. އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمن ން ކަމުގައެވެ. تقوى ވެރިން މެނުވީއެވެ.
  • 68. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަކަށް މިއަދު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
  • 69. އެއުރެންނީ، ތިމަންރަސްކަލާނގެ آية ތަކަށް إيمان ވެ، مسلم ން ކަމުގައިވީ މީހުންނެވެ.
  • 70. އުފާވެރިކަމުން ފުރިގެންވާ حال، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަނބިން ސުވަރުގެ ވަންނާށެވެ!
  • 71. އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ.
  • 72. އަދި އެއީ ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮ عمل ތަކުގެ ސަބަބުން ތިޔަބައިމީހުންނަށް މިލްކުކޮށްދެއްވި ސުވަރުގެއެވެ.
  • 73. އެތާނގައި ތިޔަބައިމީހުން، އެއިން ކައިއުޅުމަށް ގިނަގުނަ މޭވާތައް ވެއެވެ.
  • 74. ހަމަކަށަވަރުން، ކުށްވެރިން ނަރަކައިގެ عذاب ގައި ދެމިތިބޭނެތެވެ.
  • 75. އެއުރެންގެ ކިބައިން އެ عذاب ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެން އެކަމުގައި ތިބޭހުށީ އުންމީދު ކެނޑިފައެވެ.
  • 76. އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު (ފާފަކުރުމުގެ ސަބަބުން) އަނިޔާވެރިންކަމުގައިވީ، ހަމަ އެއުރެންނެވެ.
  • 77. އެއުރެން ގޮވާނެތެވެ. އޭ مالك ގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذاب ގައި) ދެމިތިބޭނޭ ބަޔެކެވެ.
  • 78. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް حق دين ގެނެސް ދެއްވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންކުރެ ގިނަމީހުންވަނީ حق دين އަށް ނުރުހޭ ބަޔަކު ކަމުގައެވެ.
  • 79. ނުވަތަ އެއުރެން (ކަލޭގެފާނު ނެތިކޮށްލުމަށް) ކަމެއް ރޭވީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއަށްވުރެ މޮޅަށް) ރާއްވަވާ ހުށީމެވެ.
  • 80. ނުވަތަ އެއުރެން ހީކުރަނީ، އެއުރެންގެ ސިއްރު ވާހަކަތަކާއި، އެއުރެންގެ ސިއްރު ސައްލާތައް ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން ނުވާކަމަށްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. (އައްސަވާވޮޑިގެންވަމެވެ.) އަދި އެއުރެންގެގާތަށް، ތިމަންރަސްކަލާނގެ ފޮނުއްވާފައިވާ ملائكة ން އެކަންތައް ލިޔުއްވަތެވެ.
  • 81. ކަލޭގެފާނު ވިދާޅުވާށެވެ! رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާނަމަ (އެ ދަރިކަލަކަށް) އެންމެފުރަތަމަ އަޅުކަންކުރާނެ މީހަކީ ތިމަންކަލޭގެފާނެވެ.
  • 82. އެއުރެން ސިފަކުރާ ކަންތަކުން އުޑުތަކާއި، ބިމުގެވެރި، عرش ގެ ވެރިރަސްކަލާނގެ ހުސްطاهر ވެވޮޑިގެންވެއެވެ.
  • 83. ފަހެ، އެއުރެންނަށް وعد ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطل ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!
  • 84. އުޑުގައިވެސް إله އަކީ އެކަލާނގެއެވެ. އަދި ބިމުގައިވެސް إله އަކީ އެކަލާނގެއެވެ. އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
  • 85. އަދި އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެއްޗެއް ملك ވެގެންވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. އަދި قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ، އެކަލާނގެ حضرة ގައެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.
  • 86. އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗަށް شفاعة ތެރިކަމެއް ملك ވެގެނެއް ނުވެތެވެ. އެއުރެން ދެނެތިބެ، حق އަށް ހެކިދިން މީހުން މެނުވީއެވެ.
  • 87. ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
  • 88. އަދި އެކަލޭގެފާނު ވިދާޅުވި ވިދާޅުވުން، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިބައިމީހުންނީ إيمان ނުވާނެ ބަޔެކެވެ.
  • 89. ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! سلام އެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ نتيجة) އެނގޭނެތެވެ.
ޙިއްސާ
Facebook
X
WhatsApp
Telegram
QR Code
QR Code
1 އަލް ފާތިޙާ
2 އަލް ބަޤަރާ
3 އާލް އިމްރާން
4 އައްނިސާ
5 އަލް މާއިދާ
6 އަލް އަންޢާމް
7 އަލް ޢަޢްރާފް
8 އަލް އަންފާލް
9 އައްތައުބާ
10 ޔޫނުސް
11 ހޫދު
12 ޔޫސުފް
13 އައް ރަޢްދް
14 އިބްރާހީމް
15 އަލް ޙިޖްރު
16 އަންނަޙްލް
17 އަލް އިސްރާ
18 އަލް ކަހްފް
19 މަރިޔަމް
20 ތާހާ
21 އަލް އަންބިޔާ
22 އަލް ޙައްޖު
23 އަލް މޫމިނޫން
24 އަންނޫރު
25 އަލް ފުރުޤާން
26 އައްޝުޢަރާ
27 އަންނަމްލް
28 އަލް ޤަޞަޞް
29 އަލް ޢަންކަބޫތު
30 އައްރޫމް
31 ލުޤްމާން
32 އައްސަޖްދަ
33 އަލް އަޙްޒާބް
34 ސަބާ
35 ފާތިރް
36 ޔާސީން
37 އަލް ޞޯއްފަ
38 ޞޯދް
39 އައްޒުމަރް
40 އަލް ޣާފިރް
41 ފުއްޞިލަތް
42 އައްޝޫރާ
43 އައްޒުޚްރޫފް
44 އައްދުކާން
45 އަލް ޖާޡިޔަ
46 އަލް އަޙްޤާފް
47 މުޙަންމަދު
48 އަލް ފަތްޙް
49 އަލް ޙުޖުރާތް
50 ޤާފް
51 އައްދާރިޔަ
52 އައްތޫރް
53 އައްނަޖްމް
54 އަލް ޤަމަރް
55 އައްރަޙްމާން
56 އަލް ވާގިޢަ
57 އަލް ޙަދީދް
58 އަލް މުޖާދިލަ
59 އަލް ޙަޝްރް
60 އަލް މުމްތަޙާނަ
61 އަލް ޞަފް
62 އަލް ޖުމްޢަ
63 އަލް މުނާފިޤޫން
64 އައްތަޣާބުން
65 އައްތަލަޤް
66 އައްތަޙްރީމް
67 އަލް މުލްކު
68 އަލް ޤަލަމް
69 އަލް ޙާއްޤަ
70 އަލް މަޢާރިޖް
71 ނޫޙް
72 އަލް ޖިންނި
73 އަލް މުޒަންމިލް
74 އަލް މުއްދަޡިރް
75 އަލް ޤިޔާމަ
76 އަލް އިންސާން
77 އަލް މުރްސަލާތް
78 އަންނަބާ
79 އަންނާޒިޢާ
80 ޢަބަސަ
81 އައްތަކްވީރް
82 އަލް އިންފިތާރް
83 އަލް މުތައްފިފީން
84 އަލް އަންޝިޤާޤް
85 އަލް ބުރޫޖް
86 އައްތޯރިޤް
87 އަލް ޢަޢްލާ
88 އަލް ޣާޝިޔަ
89 އަލް ފަޖްރް
90 އަލް ބަލަދް
91 އައްޝަމްސް
92 އައްލައިލް
93 އައްޟުޙާ
94 އަލް އިންޝިރާޙް
95 އައްތީން
96 އަލްޢަލަޤް
97 އަލްޤަދްރް
98 އަލްބައްޔިނަ
99 އައްޒަލްޒަލަ
100 އަލްޢާދިޔަ
101 އަލްޤާރިޢަ
102 އައްތަކާޡުރް
103 އަލްޢަޞްރް
104 އަލް ހުމަޒަ
105 އަލް ފީލް
106 ޤުރައިޝް
107 އަލް މާޢޫން
108 އަލް ކައުޡަރް
109 އަލް ކާފިރޫން
110 އައްނަޞްރް
111 އަލް މަސަދް
112 އަލް އިޚްލާޞް
113 އަލް ފަލަޤް
114 އައްނާސް