105. އަލް ފީލް - ކޯރަން
- 1. އެތުގެ އެކުވެރިންނާމެދު (އެބަހީ: فيل ބާގައިމީހުންނާމެދު (ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟
- 2. އެކަލާނގެ އެއުރެންގެ މަކަރާއި حيلة، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟
- 3. އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ.
- 4. ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ.
- 5. ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ.