logo ހާރޫން ޔަހްޔާ އެވެ

އަލް ޙުޖުރާތް - ޤުރުއާން - ހާރޫން ޔަހްޔާ އެވެ

  • 1. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އާއި، އެކަލާނގެ رسول އާގެ حضرة ގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
  • 2. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގިތިއްބައި، ތިޔަބައިމީހުންގެ عمل ތައް باطل ވެދާނެތީއެވެ.
  • 3. ހަމަކަށަވަރުން، اللَّه ގެ رسول އާގެ އަރިހުގައި އެއުރެންގެ އަޑު މަޑުކުރާ މީހުންނީ އެއުރެންގެ ހިތްތައް اللَّه، امتحان ކުރައްވައި، تقوى ވެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ. އެއުރެންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއްހުށްޓެވެ.
  • 4. ހަމަކަށަވަރުން، (ކަލޭގެފާނުގެ) ކޮޓަރިކޮޅުތަކުގެ ބޭރުން ކަލޭގެފާނަށް ގޮވައި ދަންނަވާ މީހުންކުރެ ގިނަމީހުންނަކަށް ނުވިސްނެތެވެ.
  • 5. އަދި ކަލޭގެފާނު އެއުރެންގެގާތަށް ނުކުމެވަޑައިގަންނަވަންދެން އެއުރެން ކެތްކުރިނަމަ، އެގޮތް އެއުރެންނަށް މާހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
  • 6. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.
  • 7. އަދި ތިޔަބައިމީހުންގެ ތެރޭގައި اللَّه ގެ رسول އާ ހުންނެވިކަން ތިޔަބައިމީހުން ދަންނާށެވެ! ކަންތައްތަކުގެ ތެރެއިން ގިނަކަންތަކުގައި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔަމަންވެވަޑައިގަންނަވާނަމަ، ތިޔަބައިމީހުންނަށް ގެއްލުން ލިބިއްޖައީހެވެ. އަދި އެހެނެއްކަމަކު اللَّه، ތިޔަބައިމީހުން إيمان ކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ إيمان ކަން ޒީނަތްތެރިކުރެއްވިއެވެ. އަދި كافر ކަމާއި، فاسق ކަމާއި، އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރިކުރެއްވިއެވެ. އެއުރެންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ.
  • 8. (އެއީ) اللَّه ގެ حضرة ންވާ فضل ވަންތަވެރިކަމަކާއި، نعمة އެކެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
  • 9. مؤمن ންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް بغاوة ކޮށްފިނަމަ، އެ بغاوة ކުރިމީހުން اللَّه ގެ أمر ފުޅަށް رجوع ވެއްޖައުމަށްދާނދެން އެއުރެންނާ ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން رجوع ވެއްޖެނަމަ، ފަހެ، عدل ވެރިގޮތުން އެދެބައިމީހުންގެ ދެމެދު صلح ކުރާށެވެ! އަދި ތިޔަބައިމީހުން عدل ވެރިވާށެވެ! ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
  • 10. مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.
  • 11. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.
  • 12. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.
  • 13. އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.
  • 14. أعرابى ން ބުނޫއެވެ. ތިމަންމެން إيمان ވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން إيمان އެއް ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް إيمان ކަމެއް އަދި ނުވަދެތެވެ. އަދި ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ عمل ތަކުން (އެބަހީ: އޭގެ ثواب ން) ތިޔަބައިމީހުންނަކަށް އެއްވެސް އެއްޗެއް އުނި ނުކުރައްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
  • 15. مؤمن ން ކަމުގައިވާކަން ކަށަވަރީ، اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވެ، ދެން (އެ إيمان ކަމާމެދު) شك ނުކުރާ މީހުންނެވެ. އަދި އެއުރެންގެ މުދާތަކާއި، نفس ތަކުން اللَّه ގެ މަގުގައި جهاد ކުރިމީހުންނެވެ. އެއުރެންނީ، ހަމަ ތެދުވެރިންނެވެ.
  • 16. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންތިބީ ކޮން دين އެއްގައިކަން اللَّه އަށް ތިޔަބައިމީހުން އަންގައިދެނީހެއްޔެވެ؟ އުޑުތަކުގައްޔާއި، ބިމުގައިވާހާކަމެއް اللَّه ދެނެވޮޑިގެންވެތެވެ. އަދި اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
  • 17. އެއުރެން إسلام ވީކަމަށް ކަލޭގެފާނަށް އެއުރެން ކަލަގޮވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން إسلام ވީކަމަށްޓަކައި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކަލަނުގޮވާށެވެ! އަދި ކިއެއްތަ! ތިޔަބައިމީހުންނަށް إيمان ކަމަށް މަގުދެއްކެވިކަމަށްޓަކައި اللَّه، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންވެތެވެ. (އެއީ) ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމައެވެ.
  • 18. ހަމަކަށަވަރުން، އުޑުތަކާއި، ބިމުގެ غيب ދެނެވޮޑިގެންވަނީ، اللَّه އެވެ. އަދި اللَّه، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ބައްލަވާވޮޑިގެންވެތެވެ.
ޙިއްސާ
Facebook
X
WhatsApp
Telegram
QR Code
QR Code
1 އަލް ފާތިޙާ
2 އަލް ބަޤަރާ
3 އާލް އިމްރާން
4 އައްނިސާ
5 އަލް މާއިދާ
6 އަލް އަންޢާމް
7 އަލް ޢަޢްރާފް
8 އަލް އަންފާލް
9 އައްތައުބާ
10 ޔޫނުސް
11 ހޫދު
12 ޔޫސުފް
13 އައް ރަޢްދް
14 އިބްރާހީމް
15 އަލް ޙިޖްރު
16 އަންނަޙްލް
17 އަލް އިސްރާ
18 އަލް ކަހްފް
19 މަރިޔަމް
20 ތާހާ
21 އަލް އަންބިޔާ
22 އަލް ޙައްޖު
23 އަލް މޫމިނޫން
24 އަންނޫރު
25 އަލް ފުރުޤާން
26 އައްޝުޢަރާ
27 އަންނަމްލް
28 އަލް ޤަޞަޞް
29 އަލް ޢަންކަބޫތު
30 އައްރޫމް
31 ލުޤްމާން
32 އައްސަޖްދަ
33 އަލް އަޙްޒާބް
34 ސަބާ
35 ފާތިރް
36 ޔާސީން
37 އަލް ޞޯއްފަ
38 ޞޯދް
39 އައްޒުމަރް
40 އަލް ޣާފިރް
41 ފުއްޞިލަތް
42 އައްޝޫރާ
43 އައްޒުޚްރޫފް
44 އައްދުކާން
45 އަލް ޖާޡިޔަ
46 އަލް އަޙްޤާފް
47 މުޙަންމަދު
48 އަލް ފަތްޙް
49 އަލް ޙުޖުރާތް
50 ޤާފް
51 އައްދާރިޔަ
52 އައްތޫރް
53 އައްނަޖްމް
54 އަލް ޤަމަރް
55 އައްރަޙްމާން
56 އަލް ވާގިޢަ
57 އަލް ޙަދީދް
58 އަލް މުޖާދިލަ
59 އަލް ޙަޝްރް
60 އަލް މުމްތަޙާނަ
61 އަލް ޞަފް
62 އަލް ޖުމްޢަ
63 އަލް މުނާފިޤޫން
64 އައްތަޣާބުން
65 އައްތަލަޤް
66 އައްތަޙްރީމް
67 އަލް މުލްކު
68 އަލް ޤަލަމް
69 އަލް ޙާއްޤަ
70 އަލް މަޢާރިޖް
71 ނޫޙް
72 އަލް ޖިންނި
73 އަލް މުޒަންމިލް
74 އަލް މުއްދަޡިރް
75 އަލް ޤިޔާމަ
76 އަލް އިންސާން
77 އަލް މުރްސަލާތް
78 އަންނަބާ
79 އަންނާޒިޢާ
80 ޢަބަސަ
81 އައްތަކްވީރް
82 އަލް އިންފިތާރް
83 އަލް މުތައްފިފީން
84 އަލް އަންޝިޤާޤް
85 އަލް ބުރޫޖް
86 އައްތޯރިޤް
87 އަލް ޢަޢްލާ
88 އަލް ޣާޝިޔަ
89 އަލް ފަޖްރް
90 އަލް ބަލަދް
91 އައްޝަމްސް
92 އައްލައިލް
93 އައްޟުޙާ
94 އަލް އިންޝިރާޙް
95 އައްތީން
96 އަލްޢަލަޤް
97 އަލްޤަދްރް
98 އަލްބައްޔިނަ
99 އައްޒަލްޒަލަ
100 އަލްޢާދިޔަ
101 އަލްޤާރިޢަ
102 އައްތަކާޡުރް
103 އަލްޢަޞްރް
104 އަލް ހުމަޒަ
105 އަލް ފީލް
106 ޤުރައިޝް
107 އަލް މާޢޫން
108 އަލް ކައުޡަރް
109 އަލް ކާފިރޫން
110 އައްނަޞްރް
111 އަލް މަސަދް
112 އަލް އިޚްލާޞް
113 އަލް ފަލަޤް
114 އައްނާސް