42. އައްޝޫރާ - ކޯރަން
- 1. ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެ ކަމާމެދު އެއުރެންވަނީ شك ކަމެއްގައެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
- 2. ح م ع س ق (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
- 3. ކަލޭގެފާނަށާއި ކަލޭގެފާނުގެ ކުރީގެ رسول ންނަށް، عزيز ވަންތަ، حكيم ވަންތަ اللَّه وحى ކުރައްވަނީ އެފަދައިންނެވެ.
- 4. އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާ ތަކެތި މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، އެންމެމަތިވެރި، އެންމެމާތް ރަސްކަލާނގެއެވެ.
- 5. (اللَّه ގެ ކީރިތިވަންތަކަމުން) އުޑުތައް އެތަކެތީގެމަތިން ފަޅަފަޅައިގެންދިއުމާ ގާތްވެއެވެ. އަދި ملائكة ން، އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ދަންނަވަތެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަފުއްސެވުންއެދި، دعاء ކުރައްވަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
- 6. އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން (ދަންނާށެވެ!) اللَّه، އެއުރެންގެ މައްޗަށް މޮޅަށް ބައްލަވާވޮޑިގެންވެއެވެ. އަދި އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ.
- 7. އަދި ހަމައެފަދައިން عرب ބަހުންވާ قرآن އެއް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވީމެވެ. (އެއީ) މައިރަށުގެ (އެބަހީ: مكة ގެ) أهل ވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. އަދި (خلق ތަކުން) އެއްކުރައްވާ ދުވަހާމެދު إنذار ކުރެއްވުމަށްޓަކައެވެ. އެދުވަހާމެދަކު شك އެއްނެތެވެ. (އެދުވަހުން) އެއްބަޔަކުވާހުށީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކު ވާހުށީ ނަރަކައިގައެވެ.